މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
އެ އިދާރާއިން މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މިރޭ 7:00 ޖެހުމާހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ވ އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭވަހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް މެޓުން ލަފާކޮށްފައިވާ ގޮތުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
އެ އިދާރާއިން އިތުރަށް ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. މެޓުން ލަފާކޮށްފައިވާގޮތުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފުޓާއި ދެމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ