ސާފްގެ ނައިބު ރައީސަކަށް އަލީ އުމަރު

ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ނައިބު ރައީސަކަށް، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބު ކޮށްފި އެވެ.އޭނަ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ގެ ނައިބު ރައީސް ވެސް މެ އެވެ.ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ ނައިބު ރައީސަކަށް އަލީ އުމަރު އިންތިހާބުކޮށްފައި މި ވަނީ މިދިޔަ އަހަރު ބޭއްވި ސާފްގެ ކޮންގްރެސް އިން ފެށިގެން ފެޑެރޭޝަންގެ ނައިބުގެ މަގާމު އޮތީ ހުސްކޮށް އޮއްވަ އެވެ.ޔޫތު ސްޕޯޓްސް ކްލަބުން 1996 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި އަލީ އުމަރަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. މީގެ ކުރިންވެސް ސާފްގެ އެކްސްކޯގައި ރާއްޖެ ތަމްސީލު ކުރައްވާފައިވާ އަލީ އުމަރު ވަނީ އޭގެ ފަހުން ކްލަބު ވެލެންސިއާއާއި އައިލެންޑް އެފްސީ، ނިއު ރޭޑިއަންޓްގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.14 އަހަރަށް ފަހު ކުޅުން ހުއްޓާލި އަލީ އުމަރު ވަނީ، ރާއްޖޭގެ އެއްވަނަ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސްކަން ކުރެއްވި އިރު ނައިބު ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. ނަމަވެސް އެފަހަރުގެ ލީޑާޝިޕްގެ ހިޔާލު ތަފާތުވުންތަކަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވައި، ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އައްޔަނު ކުރެވުނެވެ.އަލީ އުމަރު ވަނީ 2018 ވަނަ އަހަރު ވަނީ ރާއީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޕޯޓް ކޮމިޝަނަރުގެ މަގާމު ފުރުއްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2019 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރުމުން 2020 ވަނަ އަހަރު ބައްސާމްގެ ދެވަނަ ދައުރުގައި އަލީ އުމަރު ވަނީ އެފްއޭއެމްގެ ނައިބު ރައީސަކަށް އިންތިހާބު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ