މެމްބަރު ރާއި ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންގެ ދާއިރާވަނީ ގުރުބާންކޮއްފައި: ތޯރިގް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވެރިކަމަށް އައުމަށް ޕާޓީތަކާއިއެކު ކޯލިޝަން ހެދުމަށްޓަކައި މިހާތަނަށް އެމްޑީޕީއަށް ނިސްބަތްވާ 10 ދާއިރާއެއް ގުރުބާން ކޮށްފައިވަކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް ވިދާޅުވެއްޖެއެވެ.
ތޯރިގް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަކުދޫ ދާއިރާގެ މަޖިލިސް ގޮޑި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވާކަމަށް ދެކެވޭ ވާހަތަކަށް އެދާއިރާގެ ގޮޑި މިހާރު ތަމްސީލް ކުރައްވަމުންދާ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ރައްދުު ދެއްވުމާއި ގުޅިގެންނެވެ.
މެމްބަރު ރާއީ ވިދާޅުވީ މަޖިލިސް ގޮނޑި ތަކަކީ އެދާއިރާއެއްގެ ރައްޔިތުންގެ ނިންމުމަކަށް ބިނާވާ ކަމެއް ކަމަށެވެ. އަދި ތާރީޙް އެކަމަށް ހެކިދޭނެ ކަމަށާއި އެކަމަކީ މީހަކު ނުވަތަ ޕާޓީ އެއް ބުނާ ބުނުމަކަށް ނިމޭކަން ކަމެއް ނޫން ކަމަށް ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ މިފަދަ ވާހަކަ ދައްކަނީ ޝައްކާއި ވަހުމް އުފެއްދުމުގެ މަގުސަދުގައިި ކަމަށެވެ. މިކަމާއި ގުޅިގެން ތޯރިގް ވިދާޅުވީ މެމްބަރު ރާއި ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންގެ ދާއިރާ ގުރުބާންކޮއްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ