މޫސުން ތަންދޭ ނަަމަ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ: އިސްލާމިކް މިނިސްޓްރީ
މޫސުންތަންދޭ ނަމަ މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ގްރޭޓާ މާލެ އޭރިއާގެ ހަ ސަރަަހައްދެއްގައި ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދު ކުރަން ނިންމައިފައެވެ. އޭގެ ތެރެއިން މާލޭގައި އީދު ނަމާދުކުރަން ނިންމައިފައިވަނީ ތިން ސަރަހައްދެއްގައެވެ. މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނީ : މާލެ- މާފަންނު ސްޓޭޑިއަމްގައި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު މާލެ- މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) ވިލިމާލެ- ފުޓްބޯޅަ ދަނޑު އިސްލާމިކް މިނިސްޓްރީން ބުނީ، ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދާއިރު، ކޮންމެ މީހަކު ވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުޞައްލައެއް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. އަދި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށާއި ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުމަށް ވެސް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ