ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތު ތަންފީޒުކޮށް ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. 150 ރަށުގައި ހަމަހަމަ ކަމާއެކު ފެނާއި ނަރުދަމާއަޢި ކަރަންޓްގެ ހިދުމަތް ދިނުމަށް ހުއްޓުމެއް ނެތި ގިނަގުނަ މަސައްކަތްތަކެއް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
ފެނަކަ ޓީމުގެ ހިވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުން ޓީމް ފެނަކަ މަސައްކަތުގައޮ ބޮޑެތި ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ.
ރައްޔިތުންގެ ކަންފަތްތައް ބައްކުރުވި ހަރުހަޑާއި، މުޅި ޖައްވު ކިލަނބު ކުރުވި ބޯދުމާއި ގެދަބުޅިއާއި ތެލުން ތަގައްޔަރު ކުރުވި ފެންނުން ގދ. ފަރެސްމާތޮޑާގެ ރައްޔިތުން އިއްޔެ ފެނަކައިން އެވަނީ މިންޖު ކޮށްދީފައެވެ. 22 އަހަރު ވަންދެން ފަރެސް މާތޮޑާގައި ހިންގަމުން އައި ބައު އިންޖީނުގޭގައި ތަޅުއަޅުވާ މުޅިން އާ ޒަމާނީ އިންޖީނުގެއަކަށް އެރަށުގައި ކަރަންޓް ދިނުމުގެ ހިދުމަތް ހިޖުރަ ކުރުވާފައެވެ.
އެންމެ ޒަމާނީ ފެންވަރުގައި ވަސީލަތްތައް ފުރިހަމަކޮށް ރައްޔިތުންނަށް ތަކުލީފަކަށް ނުވާނޭ ފަދަ މުޅިން އައު އިންޖީނުގެއެއް ބިނާކޮށް އެތަނުން ފަރެސްމަތޮޑާގައި ކަރަންޓް ދޭން މިއަދު އެވަނީ ފަށަފައެވެ. ފަރެސްމާތޮޑާގައި އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ.
އަލަށް ހުޅުވި އިންޖީނުގޭގައި ވަނީ 400 ކިލޯވޯޓްއާއި 600 އަދި 800 ކިލޯވޮޓްގެ ތިން ޖެނަރޭޓަރ ސެޓް ބަހައްޓައިފައިވެއެވެ. ކުރިން އެރަށަށް ހިދުމަތް ދިނީ 250އާއި 400އާއި 600 ކިލޯވޮޓްގެ ތިން ޖެންސެޓުންނެވެ.
ފަރެސްމާތޮޑާ ކަރަންޓް 1250 އިން 1800ކިލޯވޮޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ