ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީ ޓިކެޓު އަލީ އާރިފަށް ދީފިއެވެ.
އަލީ އާރިފަށް އެމްއެންޕީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. 47 އަހަރުގެ އާރިފަކީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަންނަނީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ހުޅުވާލީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު ރިޒާ ކެންސަރު ބަލީގައި އަވަހާރަވުމާއި ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ފޯމު ބަލައިގަންނާނެކަން އީސީން ހާމަކޮށްފައިވީނަމަވެސް ފޯމު ހުށަހެޅޭނޭ ފަހު ތާރީހެއް ހާމަކޮށްފައެއްނުވެއެވެ.
ގުރައިދޫ ދާއިރާގެ އެމްއެންޕީ ޓިކެޓު އަލީ އާރިފަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ