މާލެ އަދި ވިލިމާލެ މަގުތައް ޒަމާނީކުރުމުގެ ދިރާސާ ފަށައިފި

މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކަށް ބޭނުންވާ ދިރާސާތައް މިއަދު ފަށައިފި އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިއަދު ފެށި އެ މަސައްކަތުގެ ތެރެއިން ކުރާނީ، މަގުތައް ޒާމާނީކުރުމަށް ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ކަމަށެވެ.
އަދި މަސައްކަތާގުޅޭ ސަރަހައްދުތައް ސާވޭކުރުމާއިި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކުރިއަށްދާނެ އެވެ. މި މަސައްކަތް އަންނަ މަހު 4ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްެރޫޫއުގައި މި ދިރާސާގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ޓީމަކުންނެވެ.
އެނގުން މުހިންމު - މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާ ފީޒިބިލިޓީ ސްޓަޑީގެ މަސައްކަަތަށް ޗައިނާ ސަރުކާރުން ފޮނުވި ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް 2024 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެ އަ އެވެ. އޭރު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ ޓީމުގެ މަސައްަކަތަކީ، ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ އިތުރުން ސައިޓް ސާވޭތަކާއި ޑޭޓާ ކަލެކްޝަންގެ މަސައްކަތްތައް ކުރުމެވެ. އެ ސާވޭތައް އެ އަހަރުގެ ނޮވެމްބަރު މަސް ތެރޭ ކޮށް ނިންމި އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މި މަޝްރޫއަކީ، ޖެނުއަރީ 2024ގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ. މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި:
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ތާރު އަޅައި ތަރައްގީކުރާނެ
އެކަން ކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑްކޮށްގެން
ފަޔާ ހައިޑްރަންޓް ނިޒާމާއި ސްޓޯމް ވޯޓާ ނިޒާމް ވެސް ގާއިމު ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ