މި ތަމްރީނުތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ބޭނުންވެގެން ކުރިމަތިލީ ބައިވެރިން ކަމަށެވެ.
މި ފަހަރުގެ ތަމްރީނުތަކުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޖުމްލަ 77 ޒުވާނުން ބައިވެރިވެއެވެ. މި އެންމެންނަކީވެސް އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ތަފާތު ހަ ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު މި ޒުވާނުންނަށް ލިބިގެންދާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކޮށް، މަސައްކަތުގެ މާޙައުލަށް ބޭނުންވާ ފަންނީ ހުނަރުތައް އުނގަންނައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ޒަރީޢާއިން ޒިންމާދާރު އަދި ހުނަރުވެރި ދިވެހި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ