ރަސްފަންނާ ދިމާލު ބޭރުން މޫދަށް އެޅުނު ކަޅު ތެޔޮތަކެއް ރަސްފަންނަށް ވަނުމުން އެތަން އަނެއްކާ ވެސް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މަރާމާތުތަކަކަށްފަހު ރަސްފަންނު ހުޅުވީ މިދިޔަ ހުކުރު ދުވަހެވެ.
ރަސްފަންނު ރޭ ބަންދު ކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. ކަޅު ތެލުގެ އަސަރު ނައްތާލެވެންދެން އެތަނަށް މޫދަށް ނޭރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކުރެ އެވެ.
"ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މިހާރުވަނީ ވަގުތީ ގޮތުން ބަންދުކުރެވިފައި. މި ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް އިލްތިމާސްކުރަން،" ކައުންސިލުން ބުނެފައިވެ އެވެ.
ރަސްފަންނަށް ކަޅު ތެޔޮ ވަދެގެން މިދިޔަ އަހަރު ވެސް ބަންދު ކުރި އެވެ. އަދި އޭގެ ކުރިން ވެސް ކަޅުތެޔޮ އެޅުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ.
ރަސްފަންނު މަރާމާތު ކުރަން ފެށީ އޭޕްރީލް 9، ގަ އެވެ. އެ މަސައްކަތުގެ ތެެރެއިން އެތަނުގައި ހަދާފައި ހުރި ބައެއް އިށީންނަ ތަންތަނާއި އާންމުން ބޭނުން ކުރާ ބައެއް އެހެން ތަންތަން މަރާމާތު ކުރުން ހިމެނެ އެވެ.
ރަސްފަންނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ބޭރު ތޮށީގައި ކެނަލްތަކެއް ހަރުކޮށް ބޮޑަށް އޮޔަ ދެމޭ ގޮތަށް ހެދުމެވެ. އެއީ މޫދު އަޑީގައި ކިސަޑު ޖެހުން ހައްލު ކުރަން ގެނައި ބަދަލެކެވެ. ކިސަޑު ގިނަވެގެން ވެސް މީގެ ކުރިން ރަސްފަންނު ބަންދު ކުރި އެވެ.
މޫދަށް ކަޅު ތެޔޮ ވަދެގެން ރަސްފަންނު އަނެއްކާ ވެސް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ