ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ދެ މަސްބޯޓެއް ހުއްޓުވަން ސިފައިން ހަރަކާތްތެރިވަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ދެ މަސްބޯޓެއް ހުއްޓުވަން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ގދ. އަތޮޅާއި ފުވައްމުލައް ދޭތެރޭގައި އޮންނަ އިކުއަޓޯރިއަލް ޗެނަލުން ގދ. ފިޔޯރީން ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން އިރުން ހުޅަނގަށް ބޭރުގެ ދެ މަސްބޯޓެއް ދަތުރުކުރަމުންދާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ދެ މަސްބޯޓު ހުއްޓުވުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ އުޅަނދުތައް ސިފައިން ދޭތެރެ ދޭތެރެއިން ހުއްޓުވައެވެ. އެފަދަ ބައެއް ބޯޓުތަކުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މީގެ ކުރިން އަތުލައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ