ހެއްވާ މަޖާ ފިލްމު 'ދަމާލް 4'ގެ ޓްރެއިލާ ދައްކާލައިފި
ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ދަމާލް"ގެ ހަތަރު ވަނަ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. އިންދަރު ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް އެކްޓަރުންގެތެރޭ އަޖޭ ދޭވްގަން އާއި ރިތޭޝް ދޭޝްމުކް ހިމެނޭއިރު ފިލްމުގެ ކާސްޓުގައި، އަރުޝަދު ވާރްސީ، ޖާވިދު ޖެފްރީ، ރަވީ ކިޝަން، ސަންޖޭ މިޝްރާ، އުޕެންދްރާ ލިމާޔޭ، އީޝާ ގުޕްތާ، ސަންޖީދާ ޝެއިޚް އަދި އަންޖަލީ އާނަންދު ހިމެނެއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފްރެންޗައިސް "ދަމާލް"ގެ ދަށުން އުފައްދާ ހަތަރުވަނަ ފިލްމު "ދަމާލް 4" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. މި ފިލްމުގެ އާ ލޯގީ ދައްކުވައިދޭ ޕޯސްޓަރެއް މިދިޔަ ހަފްތާގެތެރޭ އާއްމުކުރިއިރު މިފަހަރުގެ ފިލްމުގައި ވެސް ހެއްވާ މަޖާ ގިނަ ހާދިސާތަކެއް އެކުލެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ތިން ރަޙުމަތްތެރިން، ފޮރުވިފައިވާ ހަޒާނާއެއް ހޯދުމަށް ކުރާ މަސައްކަތާއި، އެ ދަތުރުގައި ދިމާވާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމު "ދަމާލް 4"ގެ ޓްރެއިލާގެ މަންޒަރެއްގައި އަޖޭ--ފޮޓޯ/ބޮލީވުޑްހަންގާމާ ޓީ-ސީރީސް އާއި މަރޫތީ ފިލްމްސް އަދި އަޖޭގެ އަމިއްލަ ފިލްމު ކުންފުނި ދޭވްގަން ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2007 ވަނަ އަހަރުއެވެ. އޭގެފަހުން "ޑަބަލް ދަމާލް"ގެ ނަމުގައި ދެވަނަ ފިލްމު ރިލީޒްކުރީ 2011ގައެވެ. މި ފިލްމުގެ ޑައިރެކްޓަރު އިންދަރު ކުމާރު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ، 2022ގައި ރިލީޒްކުރި ފިލްމު "ތޭންކް ގޯޑް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ