ކުރީ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ވާތީ 4 އަހަރުގެ ހުކުމެއް މިހާރު ވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އެއީ ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާއި ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކޮށްފައިވާ މައްސަލައެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން މިހާރު ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލައަކީ، ސައީދުގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާ ސައީދުގެ މައްޗަށް ކުރަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގައި ސައީދު ހުރެ 2023 ވަނަ އަހަރު ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ހަދާފައިވާ އައިސްޕްލާންޓެއް ކުންފުންނަށް ގަނެފައިވާކަމަށް ބުނެއެވެ.
މި ދައުވާތަކަށް ސައީދު އިންކާރު ކުރިނަމަވެސް، މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ދަށުކޯޓުން ނިންމާފައި ވަނީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް، ހުށަހެޅުމުގެ ބައެވެ.
ސައީދަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ