ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގައި ކުރި މެއިންޓަނެންސް މަސައސްކަތް ކާމިޔާބުކަމާއި އެކު ސްޓެލްކޯއިން ނިންމާލައިފި އެވެ.
ސްޓެލްކޯ މި މަސައްކަތް ނިންމާލާފައި ވަނީ، ލަފާކުރި ގަޑިއަށް ވުރެ ކުރީންނެވެ.
މި މަސައްކަތާއި ގުޅޭގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، މަސައްކަތް ނިންމާލާފައި ވަނީ މިއަދުގެ ހެނދުނުގެ 08:43 ގައި ކަމަށެވެ.
މަސައްކަތް ޝެޑިއުލްކޮށް ސްޓެލްކޯ ލަފާކުރީ މެއިންޓެނެންސް ނިންމާލެވޭނީ 10:00 އަށް ކަމަށެވެ. އެކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ މަސައްކަތް އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ ހިދުމަތްތެރި، އިންޖީނިއަރުންނާއި ޓެކްނީޝިއަނުންގެ ގާބިލުކަމާއި ހީވާގިކަމުން ކަމަށެވެ.
ފަހުމީ ވަނި މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި ރައްޔިތުންނަށާއި ގައުމަށް ހިދުމަތް ކުރުމުގެ ރޫހު އޮތްކަން ފާހަގަކުރައްވާފަ އެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ޝުކުރުއަދާކުރާ ކަމަށެވެ.
ބޮޑު ބަޔަކުން ކަރަންޓު ކަނޑަން ނުޖެހި، މަރާމާތުގެ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ