ޖިންސީ ގޯނާކުރި ދާންދޫ ގާޒީ އިސްތިއުފާ ދެއްވައިފި
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެފައިވާތީ، މެޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.ޖޭއެސްސީން މިއަދު ބުނީ ލުއައްޔު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އަދި ލުއައްޔު އިސްތިއުފާ ދެއްވީ ދުވަހު ކުއްޔަށް އޭނާ މަސައްކަތަށް ނުކުމެ އުޅުއްވާ ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.ޖޭއެސްސީއަށް ލުއައްޔުއާ ގުޅޭ އިތުރު 22 މައްސަލައެއް ހުށަހެޅި އެވެ. މީގެތެރެއިން 20 މައްސަލަ ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ލުއައްޔު ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް ދެ މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވާ ކަމަށް ނިންމާފަ އެވެ.ލުއައްޔުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި 22 މައްސަލައަކާ ގުޅޭ ގޮތުން ހިންގި ތަހުގީގުން ލުއައްޔުގެ މައްޗަށް ސާބިތުވެފައިވާ ދެ މައްސަލައަކީ:އެ ކޯޓުގައި މަސައްކަތްކުރި މުވައްޒަފަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައި ވުންކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ވުންމިމައްސަލަތަކުގެ ތަހުގީގު ރިޕޯޓް ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގަ އެވެ.މެޖިސްޓްރޭޓްގެ މަގާމުން ލުއައްޔު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް އޭނާ ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ