އޮޅުވެލިފުށީގެ 28 އަހަރުވީ އިންޖީނުގެ ނިއްވާލައި، އާ އިންޖީނު ގެއަކުން ކަރަންޓު ދޭން ފަށައިފި

‏ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއަކުން ކަރަންޓު ދޭން ފަށައިފި އެވެ.
މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ފެނަކައިން އަންނަނީ މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އޮޅުވެލިފުށީގައި ހެދި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށާފައިވަނީ އިއްޔެ އެވެ.
ފެނަކައިން ވަނީ މިދިޔަ މަހުގެ ތެރޭގައި މ. ވޭވަށުގައި 29 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއަކުން ހިދުމަތް ދޭން ފަށައިފަ އެވެ.
އަދި މި މަހުގެ ތެރޭގައި ޅ. ކުރެންދޫގެ 19 އަހަރުވީ ބާ އިންޖީނު ގެއާއި ހއ. މޮޅަދޫގެ 13 އަހަރުވީ ބާ އިންޖީނު ގޭގެ ބަދަލުގައި ޒަމާނީ އިންޖީނު ގެއަކުން ކަރަންޓު ދޭން ވަނީ ފަށައިިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ