އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށެވެ. 
ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
"އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި." ސްޓެލްކޯ އިން ބުނެފައިވެ އެވެ. 
ސްޓެލްކޯ އަށް ފައިސާ ނުދައްކާނަމަ އެފްއޭއެމްގެ ބެލުމުގެ ދަށުގައި ހުރި އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ. 
އެފްއޭއެމް އިން އެތައް ކުންފުންޏަކަށް ފައިސާ ނުދައްކާ އޮތް އިރު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވެސް އަދި ބައެއް ކުލަބްތަކަށް ވެސް ދޭންޖެހޭ ފައިސާ އެފްއޭއެމް އިން ނުދޭ ކަމަށް ބުނާ މައްސަލަތަކެއްވެސް ފެންމަތިވެފައި އެބަހުއްޓެވެ.
    
    ސްޓެލްކޯއަށް ހަ މިލިއަން ރުފިޔާ ނުދައްކާތީ އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            