ހިޒްބުﷲ ގެ އައު ލީޑަރަކަށް ނާއިމް ގާސިމް ހަމަޖައްސައިފި

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ އައު ލީޑަރުގެ ގޮތުގައި ނާއިމް ގާސިމް ހަމަޖައްސައިފިއެވެ.
އެ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް މި މަގާމަށް އައްޔަނުކޮށްފައިވަނީ، މީގެ ކުރިން އެ ޖަމާއަތުގެ ލީޑަރުގެ މަގާމުގައި ހުންނެވި ހަސަން ނަސްރުﷲ އަށް އަމާޒުކޮށް ނިރުބަވެރިން ދިން ހަމަލާއެއްގައި އަވަހާރަވުމާއި ގުޅިގެންނެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ، ގާސިމް މި މަގާމަށް އައްޔަނުކޮށްފައިވަނީ ހިޒްބުﷲގެ އުސޫލުތަކާއި ލަނޑުދަނޑިތަކަށް ތަބާވުމުގައި ލާމަސީލު ބޭފުޅަކަށްވާތީ ކަމަށެވެ.
Advertisement
އުމުރުން 71 އަހަރުގެ ޤާސިމަށް ހިޒްބުﷲ ގެ "ނަމްބަރ ޓޫ" ގެ ނަމުން ނަންދެވިފައިވެއެވެ. އޭނާ އަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު އެ ޖަމާއަތް އުފެއްދެވި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އޭނާ އަކީ 2006 ވަނަ އަހަރު އިސްރާއީލާ އެކު އެ ޖަމާއަތުން ހިނގި ހަނގުރާމައަށް ފަހު ނަސްރުﷲ ބޮޑަށް ފޮރުބިގެން އުޅުއްވަނިކޮށް، އެންމެ އާއްމުކޮށް ފެންނަ އެ ޖަމާއަތުގެ އިސްބޭފުޅާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ