ރާއްޖެ ތުރުކީ އެއްބަސްވުން: 60 ޕަސަންޓު ޑިއުޓީ ނަގަމުން އައި 39 ބާވަތަކުން ޑިއުޓީ ނުނަގާނެ ތުރުކީގައި ދިވެހިރާއްޖޭގެ އެންބަސީއެއް ހުޅުވައިފި ވިސާ އާ ނުލާ، ގެމްބިއާ އަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއި ކޮށްފި ޝާހިދު، ޖަޕާންގެ ޚާރިޖީ ވަޒީރާ ބައްދަލުކ

ތުރުކީގައި އަލަށް ގާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް އާއި ތުރުކީގެ މިނިސްޓަރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ދިވެހިރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އިސްވެ ތިއްބަވާ އެމްބަސީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ އެމްބަސީގައި މިކަމަށް ބޭއްވުނު ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގައެވެ.
ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެކެވެ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މި އެމްބަސީވެގެންދާނީ ދެގއުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައެވެ
މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑުކަމުގައި ފާހަގަކުރެއްވާފައެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައިވެސް އެމްބަސީ އެއް ހުރުން ވަރަށް މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، އެމްބަސީ އިފްތިތާހް ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތުރުކީގެ މިނިސްޓަރ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޮއިގެ ވާހަކަފުޅުގައި، ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުންސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމާއި، ސަގާފަތާއި، އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގޫވެފައިވާކަން ވެސް މިނިސްޓަރު އެރްސޮއި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗާ އެންޑް ޓޫރިޒަމްގެ އަރިހުގައި މޯލްޑިވްސް-ތުރުކިއޭ އިންޓަރ ޕާލަމަންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮރަބަލް ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް އާއި ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފް ތުރުކިޔޭގެ މެމްބަރުންނާއި، ތުރުކީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުންނާއި، ތުރުކީގެ އިސް ވިޔަފާރިވެރިންނާއި މީޑިއާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. އަދި މިނިސްޓަރު ހަލީލްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ޑރ. ހާލާ ޙަމީދު އާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް އާއި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފުންގެ އިތުރުން އަންކާރާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ