ދިރާގު ފުވައްމުލަކު ރަން 2025 ކާމިޔާބު ކަމާއެކު ނިންމާލައިފި
ދިރާގު ފުވައްމުލަކު ރަން 2025 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލް ދުވުން ކަމުގައިވާ ދިރާގު ރޯޑް ރޭސް (ޑީއެމްއާރުއާރު)ގެ އެޑިޝަނެއް އަތޮޅު ތެރޭގައި އަދި މި ޚާއްސަ މަންޒިލުގައި ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީަށް މަސައްކަތްކުރާ ކޮމިޓީ، އަދި ރާއްޖޭގެ އެސްލެޓިކްސް އެސޯސިއޭޝަނާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް، ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. މި ތާރީޚީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،112 ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި ހިމެނުނު ކެޓަގަރީތަކުގެ ތެރޭގައި ފަސް ކިލޯމީޓަރުު، 10 ކިލޯމީޓަރު އަދި ހާފް މެރަތަން ހިމެނެއެވެ. ޑީމްއެމްއާރުއާރު އާއި އެއްފަދައިން، ދިރާގު ފުވައްމުލައް ރަންގައި ބައިވެރިވެ، އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހަވާލުކޮށްފައެވެ. ދިރާގު ފުވައްމުލައް ރަން 2025ގައި ވަނަވަނައަށް ގޮސްފައިވާ ދުވުންތެރިން ހާފް މެރަތަން (ފިރިހެން): އެއްވަނަ: ޝިފާޒު މުހައްމަދު ދެވަނަ: ހުސައިން ފަޒީލް ތިންވަނަ: ކިރަން ސިންގް ބޮގަޓީ ހާފް މެރަތަން (އަންހެން): އެއްވަނަ: އައިޝަތު ޖިނާނީ އިބްރާހީމް ދެވަނަ: ޝަޒްނާ މުހައްމަދު ތިންވަނަ: ހުސްނާ މުހައްމަދު ކިލޯމީޓަރު (ފިރިހެން): އެއްވަނަ: މުހައްމަދު އިރުފާން ދެވަނަ: މުހައްމަދު ރަޝީދު ތިންވަނަ: އަބްދުﷲ ރަޝީދު ކިލޯމީޓަރު (އަންހެން): އެއްވަނަ: ނިޒްމީނާ އަހުމަދު ދެވަނަ: އަނާން އަހްމަދު ރަޝީދު ތިންވަނަ: އާމިނަތު ނައުފާ ރަޝީދު ކިލޯމީޓަރު އޯޕަން (ފިރިހެން): އެއްވަނަ: ސައިން ފަޒީލް ދެވަނަ: ޔޫސުފް އިބްރާހީމް ތިންވަނަ: ކިރަން ސިންގް ބޮގަޓީ ކިލޯމީޓަރު އޯޕަން (އަންހެން): އެއްވަނަ: ނިޒްމީނާ އަހްމަދު ދެވަނަ: ފާތިމަތު ހަސްނާ ތިންވަނަ: ހުސްނާ މުހައްމަދު 5ކޭ ސްކޫލް 13 އަހަރުން މަތި (ފިރިހެން): އެއްވަނަ: އަހްމަދު ރޫީ މުހައްމަދު ދެވަނަ: އަހްމަދު ޖޫދު މުހައްމަދު ތިންވަނަ: މުހައްމަދު ޝުއައިބު އަބްދުﷲ 5 ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތި (އަންހެން): އެއްވަނަ: ދުއާ އަހްމަދު ވަސީމް ދެވަނަ: ނީމް އިބްރާހީމް އަހްސަން ތިންވަނަ: އާއިޝަތު އަމްޝީ އަހްމަދު 5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް (ފިރިހެން): އެއްވަނަ: އާހިލް އިބްރާހީމް މޫސާ ދެވަނަ: ޔޫސުފް އާކިލް އާމިރު ތިންވަނަ: މުހައްމަދު އާލް ހަސަން 5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް (އަންހެން): އެއްވަނަ: އާމިނަތު ރައޫމް އަހްމަދު ހަބީބް ދެވަނަ: މަރްޔަމް ޔުއީން އަބްދުﷲ ތިންވަނަ: އާމިނަތު ޝަޔާން ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އޮންޓަނޭޝަަލް މެރަތަންސް އެންޑް ޑިސްޓެންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން، ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާ ކުރުމަށް އަދި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ