އިސްލާމް ދީނަކީ ލުއިފަށޭހަ ދީންކަމަށް ބުނެވޭ ސަބަބުތަކުގެ ތެރޭގައި އަޅުކަންކުރުމުގައި ހުރި ލުއިފަސޭހަ ގޮތްތައް ހިމެނެއެވެ. އެގޮތަށް ޢަމަލުކުރުމަކުން ކުރާ ހެޔޮ ކަމުން އުނިވެގެނެއްވެސް ނުދެއެވެ. ރަމަޟާން މަހުގެ ރޯދަ ނުހިފޭ މީހުންނަށް އޮތީ ޤަޟާކުރުމެވެ. ޤަޟާވެސް ނުކުރެވޭނެ މީހުންނަށް އޮތީ އެއަށްވުރެވެސް މާލުއިފަސާހަ ގޮތްތަކެވެ.
މީސްތަކުންނޭވެ! ރޯދަމަސް ނޫން މަސްތަކުގައިވެސް އަހުރެމެން ރޯދަ ހިފަމުއެވެ. އެއީ ﷲ ތަޢާލާއަށް ލޯބިންނެވެ. ރޯދަމަސް އައުމުން ރޯދަހިފުމަށް ލޯބި އިތުރުވެގެންދެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ރޯދަހިފަން ބޭނުންވެއެވެ.
އެހެންކަމާއިއެކުވެސް ތަކްލީފެއްގައިވާނަމަ (ބަލިވުންފަދަ) ރޯދަ ނުހިފާށެވެ. ޚާއްޞަކޮށް ރޯދަ ހިފުމުން ޞިއްހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ ރޯދަ ނުހިފާށެވެ! އެކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު އެމީހަކަށްވަނީ ދެއްވަވާފައެވެ. ވީމާ އިޚްލާޞްތެރިކަމާއިއެކު ގޮތް ނިންމާށެވެ! ޙާލަތު އޮޅުވައިލެވޭނީ މީހުންނަށެވެ. ތިމާގެ ޙާލަތު ﷲ ތަޢަލާ މޮޅަށް ދެނެވޮޑިގެންވާކަން ޔަޤީންކުރާށެވެ!
ވިސްނާލަންވީ ކަމަކީ އެކިއެކި ކަންކަމާއި ގުޅިގެން ﷲ ތަޢާލާ ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ. އެއިގެ ތެރޭގައި ބަލިވުމުންނާއި ދަތުރުމަތީގައި ރޯދަނުހިފުން ހިމެނެއެވެ.
މިހެން ބުނި ނަމަވެސް ދަތުރެއްގައި އުޅޭއިރު ތަކްލީފަކަށް ނުވާނަމަ ރޯދަހިފުމަކީ މައްސަލައެއް ނޫނެވެ. މީގެކުރިން ބުނެފައިވާ ފަދައިން ދަތުރުމަތީގައި އަހުރެންވެސް ރޯދަހިފަމެވެ. އެކަން އަހުރެންނަށް ތަކްލީފަކަށް ނުވާތީއެވެ. ތަކްލީފަކަށް ވެއްޖެނަމަ ނުހިފައި ދޫކޮށްލާނީއެވެ.
މުފްތީ މެންކުގެ ދަރުސަކުން
ރޯދަހިފުމަށް ޢުޛްރުވެރިވާ މީހުން ރޯދަހިފާކަށް ނުޖެހޭނެ! ﷲ ގެ ދީލަތިވަންތަކަން މާބޮޑު!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ