ބްރޯޑްކޮމްގެ އެސްޖީ، ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ ސަސްޕެންޑުކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ އެ ކޮމިޝަނުންގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ އޭނާ ތިން ދުވަހަށް ސަސްޕެންޑުކޮށްފައެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކޮމްއިން ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މާދަމާއިން ފެށިގެން ތިން ދުވަހަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި، އޭނާ ސަސްޕެންޑުކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެއެވެ. ޒީނިޔާގެ ސަސްޕެންޑުކުރަން ކޮމިޝަނުން ނިންމިއިރު ބެލި މައްސަލަތަކުގެ ތެރޭގައި، ޒީނިޔާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގްއާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެ މައްސަލައިގައި އޭނާއަށް ކޮމިޝަނުން އަނގަ ބަހުން ނަސޭހަތްތެރިވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. https://sun.mv/206188 ޒީނިޔާ ސަސްޕެންޑުކޮށްފައިވާއިރު، މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފައިވެއެވެ. އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ