ކަޅު ބާޒާރުުގައި ޑޮލަރުގެ އަގު ދަށަށް ދާކަން މިހާރު ފާހަގަކުރެވެން ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ “އަހާ” ސިލްސިލާގެ 4 ވަނަ ފޯރަމް ގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ. އަދި އެ ބަދަލު ފެންނަން ފެށީ ޓޫރިޒަމްގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ގާނޫނުން ލާޒިމްކުރުމުން ކަމަށާއި، އެހެންވެ ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެެއް ވެސް ނެތް އެންމެނަށް އެނގޭ ކަމެއްކަމަށެވެ. ތޯރިގް ވިދާޅުވި އެވެ.
“މި މައްސަލައަށް ހައްލެއް ލިބޭކަން އެނގޭ އަނެއް ކަމަކީ އަންނަ ރޯދަމަހު ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްދޭން ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެކަން އިއުލާން ކުރައްވާފައިވުން. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް، މިހާރު ރަސްމީ ރޭޓުގައި އެމްއެމްއޭ އިން ވިއްކާ 500 ޑޮލަރުގެ ބަދަލުގައި ޖުމްލަ 1،000 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ވިއްކަން ފަށާނެކަން ވެސް ރައީސް އިއުލާން ކުރެއްވީ އެ ޔަގީންކަން އޮތުމުން ” ކަމަށް ތޯރިގް ވިދާޅުވި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
ރަމަޟާން މަހު ތަކެތީގެ އަގުބޮޑުވިޔަނުދޭނަން: ވަޒީރު ސަޢީދު އައްޑޫގައި މަސްދަޅު ކޭސް ބަހަން ކައުންސިލުން ގެތަކަށް ދަނީ ފެނަކައިގެ ދަށުން ހިންގަމުންދިޔަ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯއާ ހަވާލުކޮށްފި ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި މަގުބޫލު ލިޔ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ