ކުރިއަށް އޮތް 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިހާބުގައި ޑިމޮކްރެޓިކް ކެނޑިޑޭޓުންނަށް ހަރަދު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބިލިއަނަރު އަދި ކުރީގެ ރަހުމަތްތެރިއާ އީލޮން މަސްކްއަށް އިންޒާރު ދެއްވައިފި އެވެ.
މަސްކް ވަނީ މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރައްވައިފަ އެވެ.
"އެގޮތަށް އޭނާ ކަންތައް ކޮށްފި ނަމަ، އޭނާއަށް އޭގެ ހިތި ވޭންދެނިވި ގޮތަކަށް ފެންނާނެ،" އެމެރިކާގެ ފެޑެރަލް ކޮންޓްރެކްޓްތަކުން ފައިދާ ލިބޭ ޓެކްނޮލޮޖީ ވިޔަފާރިވެރިޔާއަށް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުގެ ތަފްސީލު ނުދެއްވައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ އަރިސް ބޭފުޅުންނާއި ރިޕަބްލިކަން ޕާޓީގެ އެކި މެމްބަރުންނާއި ރިޕަބްލިކަން ޕާޓީއަށް ފަންޑު ކުރާ މުއްސަނދި މުހިންމު ފަރާތްތަކުން ވަނީ އެ ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކޮށް، ސުލްހަ ގާއިމު ކުރުމަށް ގޮވާލައްވައިފަ އެވެ.
ނަމަވެސް ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން ނިމުނު ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ގުޅުން މިހާރު ވަނީ ނިމިފަ އެވެ.
އިއްޔެގެ ހެނދުނާ ހަމައަށް މަސްކް ވަނީ "ބޮޑު ބޮމެއް" ކަމަށް ބުނާ ވާހަކަތައް ޑިލީޓްކުރައްވައިފަ އެވެ. ޖިންސީ ވަގުފާރީގެ ތުހުމަތާ ކުރިމަތިވި އަދި 2019 ވަނަ އަހަރު އަމިއްލައަށް މަރުވި އެޕްސްޓީންގެ ކުރީގެ ބައިވެރިންނާ ބެހޭ ގޮތުން ސަރުކާރުގެ ލިޔުންތަކުގައި ޓްރަމްޕް ހިމެނިފައިވާކަން މަސްކް ވަނީ އާންމުވެފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އެތައް ހާސް ލިޔެކިޔުންތަކާއި ވީޑިއޯތައް ބަލަމުން އަންނަ ކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭނާގެ ހަރަކާތުން ބުނާ ތަހުގީގީ މައުލޫމާތަކީ އެޕްސްޓެއިންގެ ޖަރީމާތަކުގައި ބައިވެރިވި އާންމުންގެ މައުލޫމާތު ހާމަކުރާނެ ކަމެކެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ނިއު ޔޯކްގެ ފަނޑިޔާރަކު އާންމުކުރި އެޕްސްޓީންއާ ގުޅުން ހުރި ހެކި ބަސްތަކާއި ބަޔާންތަކުގެ ކަލެކްޝަންގައި ޓްރަމްޕްގެ ވާހަކަ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ރައީސްގެ މައްޗަށް އެއްވެސް އަމަލެއް ހިންގުމުގެ ދައުވާއެއް އުފުލާފައެއް ނުވެ އެވެ. ނަމަވެސް އެޕްސްޓެއިން އާއި ޓްރަމްޕާ ދެމެދު ދިގު އަދި ފުޅާ ދާއިރާއެއްގައި ރަހުމަތްތެރިކަމެއް އޮތްކަން ވަނީ އާންމުވެފަ އެވެ.
ޓްރަމްޕުގެ އިންޒާރު މަސްކަށް: ޑިމޮކްރެޓުންނަށް އެހީވާ ނަމަ 'ސީރިއަސް ނަތީޖާ'އަކާ ކުރިމަތިލާން ޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ