ދުނިޔޭގެ ނަޒަރު ފަލަސްތީނަށް ދަތުރު ކުރަމުންދާ މެޑަލީން ޔޮޓަށް

މިމަހުގެ ކުރީކޮޅުން ފެށިގެން ޔޫރަޕުން ދަތުރުކުރަންދާ މެޑަލީން ޔޮޓްގެ މަގުސަދަކީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސަައި ނަސްލު ނައްތާލަން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވަން އެގައުމަށް ޕްރެޝަރު ކުރުމެވެ.
ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބަގް އާއި ގިނަ އަދަދެއްގެ މަޝްހޫރު މޫނުތަކާއެކު ގާޒާއަށް ދަތުރު ކުރަމުންދާ މެޑަލީން ޔޮޓް ފަލަސްތީނާ ގާތްވެފައިވާއިރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެ އުޅަނދަށެވެ. 
މިމަހުގެ ކުރީކޮޅުން ފެށިގެން ޔޫރަޕުން ދަތުރުކުރަންދާ  މެޑަލީން ޔޮޓްގެ މަގުސަދަކީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސަައި ނަސްލު ނައްތާލަން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވަން އެގައުމަށް ޕްރެޝަރު ކުރުމެވެ. މި އުޅަނދުގައި ފަލަސްތީނު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭހާއި ސާފުވުމަށް ބޭނުންވާ ބައެއް ސާމާނު ހުރިއިރު މިއުޅަނދުގައި ތިބީ މި ވަގުތު ދުނިޔޭގައި މި ބާވަތުގެ ކަންކަމުގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު ފަރާތްތަކަކެވެ. 
އެކްޓިވިސްޓް ގްރޫޕް ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) ގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއެކު މި ބޯޓު ފަލަސްތީނުގެ ސަރަހައްދަށް ވަންނާނެ ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި އެވެ. މި ބޯޓުގެ އެންމެ ފަހުގެ މަންޒިލަކީ މިސްރެވެ. ޖުމްލަ 12 އެކްޓިވިސްޓުންނާއެކު ދަތުރު ކުރާ މި އުޅަނދާއި މީގައި ތިބި މީހުންނަށް ގެއްލުންވާ ވަރުގެ ކަމެއްކޮށްފާނެ އިސްރާއިލުން ކަމަށް ވަނީ ބެލެވިފަ އެވެ. އިސްރާއިލުން ވަނީ މި ޔޮޓު އެ ގައުމުގެ ބާރު ހިނގާ ސަރަހައްދަށް ވަނަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. މީގެ ކުރިންވެސް މިފަދަ ސުލްހަވެރި ހަރަކާތްތަކުގައި ދަތުރުކުރި އުޅަނދު ފަހަރަށް އިސްރާއިލުން ހަމަލާ ދީފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ