މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ގައުމީ ފެންވަރުގައި ފިޔަވަޅު އަޅަންޖެހޭ: ޝިޔާމް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ގައުމީ ފެންވަރުގައި ފިޔަވަޅު އަޅަންޖެހޭ: ޝިޔާމް

މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ގައުމީ ފެންވަރުގައި ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ޝިޔާމް ދެއްވި ހިތާބުގައި ވިދާޅުވީ މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާ އިރު، ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ.
"މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ. އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގްތިސާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާއަތްތައް ސިންދަފާތުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ.
މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރުމުގެ ނަތީޖާއަކީ، ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އަޅުގަނޑުމެން ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އަޅުގަނޑުމެން ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ޒަމާނުންސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރައްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ބައެއް. ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ގަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޯޝަން ޑެކޭޑްގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑު، ފަޅާއި، ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތައާރުފު ކުރުން ފަދަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާއަތްތައްކަމުގައި މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މައުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ