މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރު ފިރިހެނަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގޭ، މޫސާ ހަސަން އެވެ.
މަސްތުވާތަކެތީ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ، މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ. މޫސާ ޙަސަން މަރުވެފައިވަނީ ބުދަ ދުވަހު މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ޢީދު ދުވަހުގެ ހަވީރު މާލެ ސަރަޙައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މިފަހަރުވެސް މަނާ ޙައްޖުގެ ތެރެއިން ދަސްކުރަންވީ ނަފްސު އިސްލާހުކޮށް އަޅުކަމާއިގެން ކުރިއަށް ދާން- ޚުތުބާ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ގެނުވާ ބަރަކާތްތެރި އިޙްތިފާލަކަށް ހެދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ