ޕައިލެޓްގެ ޕާސްޕޯޓު ނެތުމުން އެމެރިކަން އެއާލައިންސްގެ ބޯޓެއް އަނބުރާ އެމެރިކާއަށް
ހަނދާންނެތިގެން ޕައިލެޓްގެ ޕާސްޕޯޓު ނުގެންދެވުމުން ޗައިނާއަށް ދަތުކުރި ޔުނައިޓެޑް އެއާލައިންސްގެ ބޯޓެއް އަނބުރާ އެމެރިކާއަށް ޖައްސައިފިއެވެ. ލޮސް އެންޖެލިސްއިން ޝަންހާއީއަށް ދިޔަ ފްލައިޓް ޔޫއޭ198 ހޮނިހިރު ދުވަހުގެ މެންދުރު އަނބުރާ ސެން ފްރެންސިސްކޯއަށް ދަތުރުކޮށްފައިވާ ކަމަށް ޓްރެކިން ޑޭޓާއިން ވަނީ ދައްކާފައެވެ. ޔުނައިޓެޑުން އަންގާރަ ދުވަހު އޭއެފްޕީއަށް ފޮނުވި އީމެއިލްއެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި 270 މީހުން ތިބި ބޮއިންގް 787 ބޯޓެއް ސެން ފްރެންސިސްކޯގައި މަޑުކުރީ ޕައިލެޓްގެ ޕާސްޕޯޓް ނެތުމުންނެވެ. ފްލައިޓް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި ބޯޓު އަނބުރާ ޝަންހާއީގެ ޕުޑޮންގް އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ރޭގަނޑު ދަންވަރުއެވެ. އެއީ, އާންމުކޮށް ފްލައިޓް ޖައްސާ ގަޑިއަށްވުރެ ގާތްގަޑަކަށް ހަ ގަޑިއިރު ފަހެވެ. ވައިގެ ދަތުރުތަކަށް އެންމެ ފަހުން އެރި އެންމެ ބޮޑު ބުރަލަކީ ޔޫރަޕްގެ އެންމެ ބިޒީ އެއް އެއާޕޯޓު ކަމަށްވާ ހީތްރޯ އެއާޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން އެ އެއާޕޯޓު ބަންދުކުރުމުން އެރި ބުރުލެވެ. އެ ހާދިސާގެ ސަބަބުން އެތައް އެއާލައިނެއްގެ ޝެޑިއުލް ފްލައިޓްތަކަށް ބުރޫއަރައި ދަތުރުވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މައްސަލަ ހައްލުކޮށް އެ އެއާޕޯޓުގެ ފަހުން ވަނީ ދޭން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ