ގާސިމް އިބްރާހިމްގެ ހަޔާތުނާމާ އަންނަ ހަފުތާގައި ނެރެނީ ގާސިމް އިބްރާހިމްގެ ހަޔާތުނާމާ އަންނަ ހަފުތާގައި ނެރެނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ހަޔާތުނާމާ އަންނަ ހަފުތާގައި ނެރެން ތައްޔާރުވެއްޖެ އެވެ.
ގާސިމްގެ މުޅި ހަޔާތުގެ ވާހަކަތައް ހިމެނޭ އެ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހު 10، ގަ އެވެ. 800 އެއްހައި ސަފުހާގެ އެ ފޮތް ލިޔެފައި ވަނީ ހަޔާތުނާމާ ލިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ މުހައްމަދު ޖަމީލު އެވެ.
ގާސިމްގެ ހަޔާތުނާމާ އާއެކު އޭގެ އޯޑިއޯ ފޮތާއި ވެބްސައިޓު ވެސް އިފުތިތާހު ކުރާނެ އެވެ. އެއަށްފަހު ގާސިމްގެ ހަޔާތުގެ ވާހަކަތައް ކުރުގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް އެރޭ ވިލާ ކޮލެޖުގައި ހުޅުވާނެ އެވެ. ފެބްރުއަރީ 11، ގެ ހެނދުނު 9:00 އިން ފެށިގެން އެރޭ 10:30 އާ ހަމައަށް އެ މައުރަޒު ހުންނާނީ އާންމުންނަށް ހުޅުވައިފަ އެވެ. އެ މައުރަޒަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ގާސިމްގެ ހަޔާތުނާމާ ފޮތެއް ހިލޭ ލިބޭނެ އެވެ.
ގާސިމްގެ ހަޔާތުނާމާގައި އޭނާގެ ކާމިޔާބާުތަކާއި ނާކާމިޔާބުތަކުގެ އިތުރުން ވިޔަފާރި އާއި އިޖުތިމާއި ގޮތުން ގާސިމް ކޮށްދެއްވާފައި ހުރި ހިދުމަތްތައް ހިމެނޭނެ އެވެ. އަދި ގާސިމްގެ އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރުގެ ވާހަކަތައް ވެސް ހަޔާތުނާމާގައި ލިޔެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ