ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ނަމަ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހޭ ގޮތަށް އެސްއީޒެޑު ބޯޑު އޮފް އިންވެސްޓްމަންޓުން މިއަދު ކަނޑައަޅައިފި އެވެ.
ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކުރުމަށް ރަސްމީ މާނައެއް ކަނޑައަޅައި އެ ބޯޑުން ގެޒެޓުކުރި އިއުލާނުގައި ވަނީ މި އިންވެސްޓުމަންޓުގެ މުޅި އަދަދު ހާއްސަކުރެވިފައި ހުންނަންވާނީ ހަމައެކަނި ޓައުންޝިޕް ތަރައްގީކުރުމުގެ ބަޔަށް ކަމަށެވެ.
އެސްއީޒެޑުތަކުގައި ޓައުންޝިޕް ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަގުސަދަކީ މުއްސަނދި އާއިލާތަައް ރާއްޖޭގައި އުޅުމަށް ޝައުގުވެރިކުރުމެވެ. އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ވަނީ މިފަދަ މަޝްރޫއުތަކުގައި ހިމެނޭނެ ތަންތަން ވެސް ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
އެސްއީޒެޑު ބޯޑު އޮފް އިންވެސްޓްމަންޓުން ބުނީ ޓައުންޝިޕްތަކުގެ މާނަކުރުން ރަސްމީކުރުމުގެ ބޭނުމަކީ އެސްއީޒެޑު ގާނޫނުގެ ދަށުން ރިވިއުކުރުމުގެ މަރުހަލާ އަވަސްކުރުމެވެ.
މި މާނަކުރުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަގުސަދުތަކަށް އެހީތެރިވެދޭ ދެމެހެއްޓެނިވި, އަގުހުރި, ސްޓްރެޓެޖިކް ގޮތުން ފައިދާހުރި އިންވެސްޓުމަންޓުތައް އިތުރުކުރަން ސަރުކާރުން ދޭ އަހައްމިއްޔަތުކުރަން ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ ބޯޑުން ބުންޏެވެ.
އެސްއީޒެޑު ގާނޫނުގެ ދަށުން މިހާތަނަށް ތަަރައްގީކުރުމުގެ ހުއްދަ ދޫކުރީ "ޕްރޮޖެކްޓު ސޯލާ ސިޓީ" އަށެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލޭ ސަރަހައްދަށް ބޭނުންވާ ކަރަންޓު އުފައްދައި, ފޯރުކޮށްދިނުމެވެ.
ކެނެޑާގެ ނެޑާގެ އަބްރަކްޒަސް ކުންފުނިން ހިންގާ މި ޕްރޮޖެކްޓަށް 187 މިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ ސޯލާ ހަކަތައިގެ ނިޒާމަށެވެ. ބާކީ 87 މިލިއަން ޑޮލަރު އިންވެސްޓުުކުރަނީ ރިއަލް އެސްޓޭޓާއި ސިނާއީ ސަރަހައްދެއް ގާއިމުކުރުމަށެވެ.
އެސްއީޒެޑެއްގައި ޓައުންޝިޕް ތަރައްގީކުރަން އެންމެ ކުޑަ އިންވެސްޓްމަންޓަކީ 500 މިލިއަން ޑޮލަރު އެސްއީޒެޑެއްގައި ޓައުންޝިޕް ތަރައްގީކުރަން އެންމެ ކުޑަ އިންވެސްޓްމަންޓަކީ 500 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ