މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ބައިވެރިވެވަޑައިނުގެން މައްސަލާ ގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގަށް ފިޔަވަޅު އަޅައިފި އެވެ.
މިއަދު އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމުގެ ވޯޓެވެ. އެ ވޯޓްގައި ޕީއެންސީގެ ދެ މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެއީ އަޒާންގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރެވެ.
ޕީއެންސީ މެންބަރަކު ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅެއްގެ ގޮތުން ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގަން ނިންމާފައިވާ ކަމަށެވެ.
Advertisement
ސުޕްރީމް ކޯޓްގެ ބެންޗު ކުޑަކޮށް އަލުން ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތާއި ދެކޮޅަށް އަޒާން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން އެ ބަދަލަށް ތާއީދު ކުރެ އެވެ.
ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.
ބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.
އަދި އޭރު ތިބި ހުރިހާ ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފަ އެވެ.
އަޒާނަށް ފިޔަވަޅު އަޅާ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ