ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރެވޭނެތޯ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ސުވާލު އުފައްދަވައިފި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރެވޭނެތޯ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ސުވާލު އުފައްދަވައިފި

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވަކިކުރާން މަޖިލީހަށް ވައްދާފައިވާ ބިލު ފާސްކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުންނަށް ވަކިކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރީ މިއަދު ހަވީރު އެވެ.
އެ ބިލާމެދު ފިލްޒާގެ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވީ ކޮމިޓީން ބިލު ފާސްކުރި ފަހުންނެވެ. އެކަމާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މަޖިލީހުގައި މިހާރު ކުރިއަށް އެބަދެ އެވެ.
ތަފުސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ