ޝާހުއާއެކު ލޯބީގެ ފިލްމެއްގައި މަސައްކަތް ކުރަން އަދިވެސް ވަރަށް ބޭނުން: ކާޖޮލް

ބޮލީވުޑްގެ ބަތަލާ ކާޖޮލް އަދިވެސް ޝާހްރުކް ޚާންއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ދެން ވެސް ބޭނުންވަނީ ލޯބީގެ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ކާޖޮލް ބުނެފިއެވެ. މިފަހުން ލޯބީގެ ފިލްމުތަކުން ފެނުން މަދުވެފައިވާ ބަތަލާ ބުނެފައި ވަނީ އެފަދަ ރޯލްތައް ކުޅެން އަދިވެސް ޝައުގުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް ސްކްރީނަށް އެ ޖާދޫ ގެންނަން ބޭނުންވަނީ އެކްޓަރު އަދި ގާތް އެކުވެރިޔާ ޝާހްރުކް ޚާންއާ އެކު ކަމަށެވެ. ކާޖޮލްގެ ކުރިއަށް އޮތް ބިރުވެރި ތުރިލާ ފިލްމު "މާ" ޕްރޮމޯޓުކުރުމަށް ޕިންކްވިލާއަށް ދިން އިންޓަވިއުގައި ބަތަލާ ބުނެފައި ވަނީ، މިހާރު ޝައުގުވެރިކަން ހުރީ މި ޒަމާނާ ގުޅޭ ކަހަލަ ލޯބީގެ ވާހަކައަކަށް ކަމަށެވެ. ބަތަލާގެ ފޭނުން ގާތު އެދިފައި ވަނީ ދެން ފަހަރަކުން ޝާހުއާ ބައްދަލުވާއިރަކު އެ ޚިޔާލު އެކްޓަރަށް ހުށަހެޅުމަށެވެ. ކާޖޮލް އާއި ޝާހު އެންމެފަހުން މަސައްކަތްކުރި ފިލްމު "ދިލްވާލޭ"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ ޝާހުއާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް މަޖާ އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށާއި ޝާހުއާ އެކު މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް ދޫކޮށްނުލާނެ ފުރުސަތެއް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. ފިލްމު "ބާޒީގަރު"އިން ކާޖޮލް އާއި ޝާހުގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔުމާ އެކު ދެ ތަރިންގެ ޖޯޑުވީ 90އިގެ އެންމެ ހިޓު އޮން ސްކްރީން ޖޯޑަށެވެ. ކާޖޮލް އާއި ޝާހުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ލޯބީގެ ފިލްމު "ދިލްވާލޭ ދުލަހަނިޔާ ލޭ ޖާއެގޭ" އަކީ މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ ހިތުން ޚާއްސަ ޖާގައެއް ހޯދާފައިވާ ފިލްމެކެވެ. ކާޖޮލް އާއި ޝާހު އެކީގައި ކުޅުނު މަގުބޫލު ފިލްމުތަކުގެތެރޭ "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބީ ޣަމް" އަދި "މައި ނޭމް އިޒް ޚާން" ހިމެނޭއިރު ދެ ތަރިން އެކީގައި އެންމެފަހުން ކުޅުނު ފިލްމަކީ 2015 ވަނަ އަހަރު ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދިން ފިލްމު "ދިލްވާލޭ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ