ރާޖްގެ 'މާލިކް'ގެ ބަތަލާ އަކީ މަނޫޝީ
އަންނަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "މާލިކް"ގެ ބަތަލާ އަކީ އަރަމުން އަންނަ ޒުވާން ތަރި މަނޫޝީ ޗިލާކަން އިއުލާނުކޮށްފިއެވެ. ދާދިފަހުން ރިލީޒްކުރި ފިލްމުގެ ޕޯސްޓަރުގައި "މާލިކް"ގެ ލީޑް އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ބަތަލާ މަނޫޝީ ފިލްމުގައި ފެންނާނެ ގޮތް ވެސް ވަނީ ދައްކާލާފައެވެ. ކުމާރު ތައުރާނީ ޕްރޮޑިއުސްކޮށް ޕުލްކިތު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން މަނޫޝީ ފެންނާނީ މީގެކުރިން ބަތަލާ ފިލްމަކުން ފެނިފައިނުވާ ފަދަ ސާދާ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު 2017 ވަނަ އަހަރު ހާސިލުކޮށްދިން ބަތަލާ މަނޫޝީ މީގެކުރިން ކުޅެފައިވާ ފިލްމުތަކުގައި ގިނައިން ފެނިފައި ވަނީ ވަރަށް ފެޝަން މި ޒަމާނުގެ ސްޓައިލްގައެވެ. މަނޫޝީ އަދި އެކްޓަރު ޖޯން އަބްރަހަމް ފިލްމު "ތެހެރާން"ގެ ޝޫޓިންގްތެރޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމަނޫޝީ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2022 ވަނަ އަހަރު ވައިއާރްއެފްއިން ގެނެސްދިން ފިލްމު "ސަމްރާޓް ޕްރިތުވީރާޖް"އިންނެވެ. މިހާތަނަށް ހަތަރު ފިލްމަކުން ބެލުންތެރިންނަށް ފެނިފައިވާ ބަތަލާ އަންނަނީ "މާލިކް"ގެ އިތުރުން އެކްޓަރު ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ ފިލްމު "ތެހެރާން"ގެ ވެސް ހާއްސަ ރޯލަކަށް ތައްޔާރުވަމުންނެވެ. މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ފިލްމު "މާލިކް"ގައި ބަތަލާ މަނޫޝީ ކުޅޭ ރޯލާ ގުޅޭ ތަފުސީލުތައް މިހާތަނަށް ސިއްރުކޮށްފައި އޮތްއިރު ފިލްމުގެ ބަތަލާ އަކީ މަނޫޝީކަން ވެސް ވަނީ ސިއްރުކޮށްފައެވެ. ފިލްމުގެ ރަސްމީ ޓްރެއިލާ ރިލީޒްކުރުމާ ހަމައަށް ބަތަލާ މަނޫޝީ "މާލިކް"ގައި ފެންނާނީ ކޮންކަހަލަ ރޯލަކުންކަން ބެލުންތެރިންނަށް އަންގަން ބޭނުންނުވާ ކަމަށާއި ޕްރޮޑަކްޝަން ޓީމުން ބޭނުންވަނީ އެކަން އެގޮތަށް ބޭއްވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "މާލިކް"އަކީ މީގެކުރިން އެކްޓަރު ރާޖްކުމާރު ރާއޯ ފެނިފައިނުވާ ކަހަލަ ރޯލަކުން އެކްޓަރު ބެލުންތެރިންނާ ބައްދަލުކުރާނެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ