ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭކަމަށާއި، އެ މެދުވެރިކޮށް ސްކޭމްތަކެއް ހިންގަމުންދާތީ އެކަމުގެ ޒިންމާ ނަގަން ޖެހިދާނެ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް އަންގައިފިއެވެ.
އެންޓި-ސްކޭމް ސެންޓަރުން ދެއްވި އިރުޝާދުތަކުގައި، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސިމް ކާޑުތައް ޔަގީންކުރުމަށް އަންގަވާފައިވެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ބޭނުން ނުކުރާ ސިމް ކާޑެއް އޮތްނަމަ، އޭގެ ޚިދުމަތް ވަގުތުން ކަނޑާލުމަށް އިރުޝާދު ދެއްވާފައިވެއެވެ.
މި މިފަދައިން އިރުށާދު ދީފައިމިވަނީ ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ގުޅިގެންނެވެ. ފަހަކަށް އައިސް ގިނަ ރައްޔިތުންތަކެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގަތުމުގެ މައްސަލަތައް ރިޕޯޓުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
އެންޓި-ސްކޭމް ސެންޓަރުން ތަކުރާރުކޮށް މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އަންގަވަމުން ގެންދަވާއިރު، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ އިރުޝާދުތައްވެސް ދެމުން ގެންދަވައެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ރައްޔިތުންނަށް އިލްތިމާސްކުރައްވަނީ އެއްވެސް ފަރާތަކަށް އެމީހެއްގެ ސިމް ކާޑު ނުދިނުމަށާއި، ޝައްކުކުރެވޭ ފަދަ އެއްވެސް މުޢާމަލާތެއް ހިނގާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ.
ސިމް ކާޑަކީ މޯބައިލް ފޯނު ނެޓްވޯކާ ގުޅުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ކާޑެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސްކޭމް އިތުރުވެފައިވާއިރު ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ، ޒިންމާ ނަގަން ޖެހިދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ