ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި ތައިލޭންޑުގެ ބޮޑު ވަޒީރަށް ރައީސް މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އޭއޯ ރޯދައިގެބަދިގެ: ޕީނަޓް ބަނާނާ ސްމޫތީ އޭއޯ ރޯދައިގެބަދިގެ: ނޯބޭކް އޯރިއޯ ޗީޒްކޭކް މަގުބޫލު ލި

ހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ސަރުކާރު ކުންފުނިތަކާ ހަވާލުކުރީ ފަސް ހޮސްޕިޓަލައެއްގެ އިތުރުން ސިއްހީ މަރުކަޒުތަކަށް އިތުރު ކުރެވޭ ފަސް އިމާރާތެއް އެޅުމަށެވެ.
އެގޮތުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރެވޭ 02 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކުރެވޭ 03 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހްއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކުރެވޭ 05 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ