ޗައިނާގައި މި މަހު ކުރިއަށްދާ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި، ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު، ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތަށް ލިބިއްޖެ އެވެ.
ޗައިނާގެ ޗޮންޗިންގައި މި މަހުގެ 14-16 އަށް ކުރިއަށްދާ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރިއްފަތު ވާދަކުރާނީ 200 މީޓަރު ދުވުމުގައި ކަމަށް އެތުލެޓިކްްސް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފަ އެެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ރިއްފަތު، 20، އަކީ ދާދި ފަހުން ނިމިދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގެ އެއް ވަަނަ އެވެ. އެ މުބާރާތުގެ 200 މީޓަރު ރޭހުގައި ރިއްފަތުގެ ޓައިމިން އަކީ، 22.59 ސިކުުންތެެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 400 މީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދީ ރިއްފަތު އެެވެ. ރިއްފަތު، އެ ރޭސް ކާމިޔާބުކުރި ޓައިިމިން އަކީ، 50.95 ސިކުންތެވެ.
ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރިއްފަތުއާ އެކު، ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، ސާއިދު ސްޕޯޓްސްގެ ކޯޗު، ހުސެއިން އިނާސް އެވެ.
މީގެ ކުރިން، ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ވާދަކޮށްފައިވާ އިނާސް ވަނީ، ރިލޭ އާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓްތަކުގައި ވާދަކޮށްފަ އެވެ. އޭނާ އަންނަނީ ކޯޗިން ކެރިއަރު ސާއިދު ސްޕޯޓްސްއާ އެކު ކުރިއަށްގެންދަމުންނެވެ.
ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ރިއްފަތު ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ރިއްފަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ