ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އެ ހާދިސާ ހިނގިއިރު ރައުދު އަހުމަދު ޒިލާލްގެ އިތުރުން ،އިތުރު ބަޔަކުވެސް ތިބި ކަމަށް އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދު ބުނެފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަސް ވަންދެން ވަނީ ފަރުވާ ދީފައެވެ. އަދި އޭގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ޔުމްނު ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލާފައެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އިންސާފު ހޯދުމަށް ގޮވާލާ، މާލޭގައި އިހްތިޖާޖުކުރަމުން އަންނައިރު ޔުމްނުގެ ދައްތަވަނީ މި ހާދިސާ އާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއްރޭ މީޑިއާއަށް ހާމަކޮށްފައެވެ. އެގޮތުން ޔުމްނު އާއި ހަވާލާދީ އޭނަގެ ދައްތަ ބުނީ ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން އަމިއްލައަށް ފުންމާލީ ނޫންކަމަށެވެ. އަދި އެ ތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެއެެވެ.
ފެންޓޯނިއޯ ގެއަކީ ރައުދު އަދި ޔުމްނު އާއިވެސް އެއްވެސް ގުޅުމެއް ނެތް ގެއެއްކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވާއިރު ޔުމްނުގެ ދައްތަވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އަދި އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށާއި ވެއްޓުނު ރޭ، ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުގެ ދައްތަވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާކަން ހާމަކުރަމުން ޔުމްނުގެ ދައްތަ ބުނީ އެ ކޮމިޝަނުން މިހާތަނަށް ވެސް އާއިލާއާ އެއްވެސް މިންވަރަކަށް ވާހަކަދައްކައި، ކަމެއް އޮޅުން ފިލުވަން މަސައްކަތް ކޮށްފައިނުވާކަމަށެވެ.
މިރޭގެ މުޒާހަރާ ތެރެއިން ދެ ޒުވާނުން ހައްޔަރުކޮށްފި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، އިންޒާރުތަކަށްފަހު މިރޭގެ މުޒާހަރާ ރޫޅާލައިފި ޔުމްނުގެ އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު- އާއިލާ ބޭސްފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި މަގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ