އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން އެއްވެސް މީހެއްގެ ނުވަތަ ސިޔާސީ މީހެއްގެ ނުފޫޒެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، އަންހެން މީހާ ވެއްޓުނު މައްސަލަ ފެންމަތިވިއިރު، މިކަމުގައި ބައިވެރިވަނީ ކޮން ބައެއްކަން ފުލުހުންނަށް ނޭނގޭތީ، މީހެއްގެ މަސްލަހަތު އޮވެގެން ނުފޫޒު ފޯރުވުމުގެ ޖާގައެއް ނެތް ކަމަށެވެ.
"ނޫސްވެރިންނަށް މި މައްސަލާގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެމުން މިދަނީ. މިއިން ވެސް ދޭހަކޮށްދެނީ އަޅުގަނޑުމެން ފޮރުވާނެ އެއްޗެސް މި މައްސަލާގައި ނެތްކަން،" ސީޕީ ވިދާޅުވިއެވެ.
އަދި މިހާރުވެސް މައްސަލަ ތަޙުޤީޤުކުރަމުންދަނީ އެއްވެސް މީހެއްގެ ނުވަތަ ސިޔާސީ މީހެއްގެ ނުފޫޒެއް ނެތިކަމަށާއި، ތަޙުޤީޤަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7:30 އެހާއިރުއެވެ.
އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން އެއްވެސް މީހެއްގެ ނުވަތަ ސިޔާސީ މީހެއްގެ ނުފޫޒެއް ނެތް: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ