އަޒާނާ ދެކޮޅަށް ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަޒާން ބިލާ ދެކޮޅު ހެއްދެވީ އެއީ 'ގާނޫނުއަސާސީއާ ހިލާފު' ބިލެއް ކަމަށް ވިދާޅުވެ އެވެ. އެ މައްސަލާގައި އަޒާން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދުކުރަން ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެކަމަކު އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.ސަރުކާރާ އެކު ހުންނެވި ކަމަަށް އަޒާން ވިދާޅުވިއިރު، މަޖިލީހުގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައިނުގަތުމުން ވަނީ ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ވަނީ ނެރެފަ އެެވެ.ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ، އަޒާން މަޖިލީހުގެ މެންބަރު ކަމަށް ހޮވުނީ، ސަރުކާރުގެ ފަރާތުން ވާދަކުރައްވައިގެން ކަމަށެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ މެންވަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް މަޖިލީހުގައި ދައްކަން އަޒާން ބޭނުންވާކަމަށް އެ ބަޔާނުގައި ވެއެވެ."އެހެންނަމަވެސް، އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއް އަޅުގަނޑުމެންނާ މަޝްވަރާކޮށްފައެއް ނުވޭ،" އެ ބަޔާނުގައި ވެއެވެ.ޕާޓިގެ ވިޕްލައިނާ އެއްގޮތަށް މަޖިލިސް މެމްބަރުން ވޯޓުދޭންޖެހޭ ގޮތަށް ގެނައި ބަދަލަކީ އަޒާންގެ ވެސް ވޯޓާއެކު ފާސްކުރި ބަދަލެއް ނަމަވެސް، އެ ވިޕްލައިނާ އޭނާ ޚިލާފުވެފައި ވާކަމަށް އެ ބަޔަނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ