"ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި،" ހީނާ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ދަންނަވާފަ އެވެ. ކައުންސިލުން އޭރު އެދިފައި ވަނީ ކ. ތުލުސްދޫއަށް އެރަށު ރައްޔިތުން ބަދަލުކޮށްދިނުމަށެވެ.ނަމަވެސް ސަރުކާރުގެ ސްޕޯސްކްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ އެމީހުން ބަދަލު ކުރަން ނިންމީ ހަނިމާދޫއަށް ކަމަށެވެ."ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި،" ހީނާ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހުށަހަޅާފައި ވަނީ ރަށު ރައްޔިތުން އެގޮތަށް ބޭނުންވާތީ އެވެ. ތުލުސްދޫއަށް ބަދަލުކޮށްދޭން ވެސް ހުށަހެޅީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.ހިރިމަރަދޫގެ ރަޖިސްޓްރީގައި އޮތީ 584 މީހުންނެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި، އެރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންނަކީ 260 މީހުންނެވެ. މިއީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ