ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ އަސްކަރީ އުޅަނދުތައް ދުއްވަން ގެނައި އަސްކަރީ ކުންފުނީގެ މުވައްޒަފުން ނުވަތަ މަދަނީން ރާއްޖޭގައި ބޭތިއްބުމަށް ހަދާފައިވާ އެގްރިމެންޓު ހަމަވިއިރު ވެސް އެމީހުން ރާއްޖެއިން ފޮނުވައެއް ނުލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މުއްދަތު ހަމަވެފައި ވަނީ ރާއްޖޭގައި އިންޑިއާއިން ދުއްވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ތެރެއިން ދެ ހެލިކޮޕްޓަރުގެ އެއްބަސްވުމުގަ އެވެ.
ލ. ކައްދޫ އަދި އައްޑޫ ސިޓީގައި މަރުކަޒުވެގެން ތިބި މި މީހުން ރާއްޖޭގައި ތިބޭނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީގެ ނިޔަލަށެވެ. އެއީ ސ. ގަމުގައި ތިބި 26 މީހުން، އަދި ލ. ކައްދޫގައި 25 މީހުންނެވެ.
މެއި 11، 2024 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނުކުރެއްވީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރު އެވެ.
"ލ. ކައްދޫގަ ތިއްބެވި ބޭފުޅުންގެ މުއްދަތު ހަމަވާނީ 2025 ގެ ފެބްއުރުއަރީ އަށް. އަދި ސ. ގަމުގަ ތިއްބެވި ބޭފުޅުންވެސް 2025 ގެ ފެބްރުއަރީއަށް. ދެން ހަނިމާދޫގައި ތިއްބެވި ސިވިލިއަނުންގެ މުއްދަތު ހަމަވާނީ 2026 ގެ ފެބްރުއަރީއަށް،" ޒަމީރު އެ ދުވަހު ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: ހެދި އެއްބަސްވުން ހަމަވުމުން ވެސް އިންޑިއާގެ އަސްކަރިއްޔާ ރައީސް މުއިއްޒު ފޮނުވައި ނުލި ހުލާސާކޮށް އިއްޔެ: ހެދި އެއްބަސްވުން ހަމަވުމުން ވެސް އިންޑިއާގެ އަސްކަރިއްޔާ ރައީސް މުއިއްޒު ފޮނުވައި ނުލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ