18 ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތްތައް ނިންމަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި 18 ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތްތައް ނިންމަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި

އަށާރަ ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިއުކޭޝަން މިނިސްޓަރީން 102 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 18 ރަށެއްގެ ސްކޫލުގައި ނުނިމި ހުރި މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ އެ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރީ ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ދިގުލައިގެން ގޮސްފައިވާތީ، އެ އެއްބަސްވުންތައް ބާތިލު ކުރުމަށް ފަހު ކަމަށެވެ.
"އެއީ ކުރީގެ ސަރުކާރުގައި އެކި އެކި ކުންފުނިތަކާ ހަވާލުކޮށްގެން އެއްވެސް ގޮތަކަށް ކުރިއަށް ނުދާ ޕްރޮޖެކްޓްތައް. އާ ޕްރޮޖެކްޓްތަކެއް ނޫން އެއީކީ. ވާހަކަ ދައްކައިގެން އެއްވެސް ގޮތަކަށް ކުރިއަށް ނުދާ ޕްރޮޖެކްޓްތައް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަނުން ފެނަކައާ ހަވާލުކުރީ ތ. ވޭމަންޑޫ، ގއ. ކަނޑުހުޅުދޫ، ހދ. ވައިކަރަދޫ، ތ. އޮމަދޫ، ލ. ކުނަހަންދޫ، ށ. ފީވަށް، ށ. ގޮއިދޫ، ފ. ބިލެއްދޫ، ގއ. ކޮނޑޭ، ބ. ގޮއިދޫ އަދި ބ. ފުޅަދޫގެ ސްކޫލެެވެ.
އެމްޓީސީސީއާ ހއ. އުލިގަން، ރ. އުނގޫފާރު، ކ. މާފުށި، ވ. ފެލިދޫ ސްކޫލުގެ މަސައްކަތް ކަމަށްވާއިރު، އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ