އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށް މައުރަޒު މިރޭ ހުޅުވައިފި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށް މައުރަޒު މިރޭ ހުޅުވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވި މީހުންނާއި ކުންފުނިތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށްފަހު މައުރަޒު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މި މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރޭ ސޯޝަލް ސެންޓަރުގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރޭގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށާއި މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަކަށް ރައީސް މުއިއްޒު އިނާމު ދެއްވި އެވެ. އެހެން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނެވެ.
1. ލުޖައިން އަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
2. އަބުޑީ މޯލްޑިވްސް
3. މޯލްޑިވްސް ޕޮލިޓެކްނިކް
4. މުހައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
5. އަލީ މާހިރު
ރޭގެ ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެ އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.
މިރޭ ފެށި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ރާއްޖޭގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު މައުރަޒުގެ ގޮތުގައި ސަރުކާރުން ސިފަކުރާ މި މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އަދި ސަރުކާރުގެ ކުންފުނި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ