ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި ނަމަ އަހަރު ދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.
އެ ލިޔެކިއުންތައް ރައްކާކުރަންޖެހޭ މުއްދަތަކީ:
ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް - 8 އަހަރަށް
ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް - 3 އަހަރަށް
ދައުވާކުރަން ފޮނުވާފައިވާ މައްސަލައެއް ނަމަ، ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާތައް ނިމެންދެން
ލިޔެކިޔުންތައް ބެލެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތަސް، އެފަދަ މައުލޫމާތާއި ލިޔުންތައް ދާއިމީކޮށް ޑިޖިޓަލްކޮށް ބަލަހައްޓަންވާނެ
މިގޮތަށް މުއްދަތު އޮތަސް، މަރުގެ މައްސަލަތަކާއި ރާވައިގެން ހިންގާ ބޮޑެތި މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކާއި ތާރީހަށްޓަކައި ރައްކާކުރަންޖެހޭ ފަދަ މައްސަލަތަކުގެ ލިޔެކިޔުމާއި މައުލޫމާތު، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ އިތުރަށް ރައްކާކޮށް ބަލަހައްޓަންވާނެ ކަމަށް ވެސް ގަވާއިދު ބުނެ އެވެ.
ތަފްސީލް - މި ގަވާއިދަށް މިދިޔަ އަންގާރަ ދުވަހު ގެނައި އިސްލާހުގައި ވަނީ، އެ މުއްދަތު އަހަރުދުވަހަށް ކުރުކޮށް، އެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ދެ އަކުރު އިތުރުކޮށްފަ އެވެ. އެގޮތުން އިތުރުުކުރި އަކުރުތަކުގައި ބުނަނީ:
(ނ) 21 މާއްދާގެ (ހ)ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގެ ލިޔުންތައް ނައްތާލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ
(ރ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތަސް، ތަހުގީގު ނިންމާފައިވާ ޖިނާއީ މައްސަލައެއްގައި އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި ދައުވާ އުފުލޭ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ އަދި އެފަދަ ހެއްކެއް އަލުން ލިިބިދާނެ ކަމަށް ނުބެލެވޭނަމަ އެ މައްސަލައެއް ފައިލް ކުރެވުނު ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގެ ލިއުންތައް ނައްތާލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ
މި އިސްލާހުގައިވާ ގޮތުން، ދައުވާ އުފުލޭ މިންވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމާ ހާލަތުގައި އެ މައްސަލައިގެ ލިޔުންތައް ނައްތާލެވޭނީ، އެފަަދަ ހެއްކެއް ފަހުން ވެސް ނުލިބޭނެ އެ މައްސަލަ ތަހުގީގުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިއުމުން ހުށަަހަޅައިގެންނެވެ.
ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ނައްތާލެވޭ މުއްދަތު 1 އަހަރަށް ކުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ