ގެއްލިގެން ހޯދާ ސައިކަލުގެ އަދަދު މަހުން މަހަށް އިތުރު، މިދިޔަ މަހު 110 ސައިކަލު ހޯދި
މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑުން ފަސް މިލިއަނެއްހާ ރުފިޔާއަށް އަގުއަރައިހާ ގިނަ މުދާ ރިކަވާކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައިން ގެއްލިގެން ހޯދާފައި ވަނީ ސައިކަލުކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ. އެ ހިސާބުތަކުން ދައްކާގޮތުން މިިދިޔަ މަހު މާލޭ ފުލުހުން ވަނީ، ގެއްލިގެން، ހޯދައި ރިކަވާކުރި މުދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާއަށް އަގުއަަރައި މިންވަރަށް މުދާ ހޯދައިފައެވެ. އެގޮތުން ހޯދި މުދަލުގެ ތެރޭގައި: 4،885،300 ރުފިޔާއަށް އަގު އަރާ، ޖުމްލަ 110 ސައިކަލު 302،830 ރުފިޔާއަށް އަގު އަރާ، ޖުމްލަ 31 ފޯނު 62،565 ރުފިޔާއަށް އަގު އަރާ، ޖުމްލަ 12 އިލެކްޓްރޯނިކް އާލާތް 32 ފައިސާ ވަގަށް ނެގުމުގެ މައްސަލައަކުން ، ޖުމްލަ 324،344 ރުފިޔާ އެހެނިހެން 65 މައްސަލައަކުން ޖުމްލަ 164،866 ރުފިޔާގެ މުދާ މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނައިން ގެއްލިގެން ހޯދާފައި ވަނީ ސައިކަލެވެ. އެގޮތުން އެމަހު 90 ސައިކަލު ފުލުހުން ހޯދާފައިވެއެވެ. މީގެ އިތުރުން އެކި މައްސަލަތަކުގައި މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ދެ ބިދޭސީއަކު އިމިގްރޭޝަނަށް ވެސް ހަވާލުކޮށްފައިވެއެވެ. https://x.com/PoliceMv/status/1986003392976842843 ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 520 އުޅަނދު ހުޅުމާލެއިން ޓޯކޮށްފައިވާއިރު އޭގެ ކުރީ ސެޕްޓެމްބަރު މަހުގައި ހުޅުމާލެއިން ޓޯކޮށްފައިވަނީ ޖުމްލަ 702 އުޅަނދެވެ. މިދިޔަ މަހު ތަފާތު އެކި ސަބަބުތަކާ ގުޅިގެން ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ: ގަވާއިދާ ހިލާފަށް ޕާކްކޮށްގެން: 247 ލައިސަންސް ނެތި ދުއްވުން: 108 ނުރައްކާތެރިކޮށް ދުއްވައިގެން: 21 ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވައިގެން: 18 އެކި މައްސަލަތަކާ ގުޅިގެން: 16 އަސްލަށް ބަދަލު ގެނެސްގެން ދުއްވުން: 10 ދޫކޮށްލައިގެން ހުރުމުން: 5 ހަމައެއާއެކު، މިދިޔަ މަހު މާލޭ ފްރަންޓްލައިން ޕޮލިސިންގެ ތެރެއިން ފުޓް ޕެޓްރޯލްކުރުމަށް 1139 ގަޑިއިރާއި އަށް މިނެޓު ހޭދަކޮށްފައިވެއެވެ. އަދި 26،262 ތަނެއް ބަލައިފާސްކުރިއެވެ. އަދި 75 ވެހިކަލް ޗެކްޕޮއިންޓު ގާއިމްކޮށް ވެހިކަލް ބަލައި ފާސްކުރިއެެވެ. އަދި 16 ވިޒިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓު ޕޮއިންޓް މިދިޔަ މަހު ގާއިމްކުރިއެވެ. މީގެ އިތުރުން މާލޭ ފްރަންޓްލައިން ޕޮލިސިންގެ ތެރެއިން، އެކި ކަންކަމުގައި ޖުމްލަ 4633 މީހަކު ހުއްޓުވައި ސުވާލުކުރިއެވެ. އޭގެ ތެރެއިން 4555 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންނެވެ. ބާކީ 78 މީހުންނަކީ ރެކޯޑު ސާފު މީހުންނެވެ. މީގެ އިތުރުން މާލޭގައި އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 1364 ފަހަރު، ކޮމިއުނިޓީ އިންޓަރެކްޝަންސްގެ ގޮތުގައި އާންމުންނާ ވާހަކަދައްކައި މަޝްވަރާކޮށްފައިވެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭ ސަރަހައްދަކީ، އެންމެ ގިނައިން ކުށްކުށުގެ ރިޕޯޓު ހުށަހަޅާ އެއް ސަރަހައްދެވެ. އެ ކަން ހައްލުކުރުމަށް ޓަކައި، ފުލުހުން އަންނަނީ މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ވެސް ކުރަމުންނެވެ. އަދި ފުލުހުންގެ އެހީ ފަސޭހައިން ލިބޭނެ ގޮތްގޮތް ވެސް ތައާރަފްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ