މިދިއަ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އާއި ރިއަލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ ދެމެދު ހިނގި ހާދިސާ ހަނދާން އެބަ ހުރި ހެއްޔެވެ؟ ޕްރެސްޓިއާނީގެ ޖާޒީން އަނގަމަތި ނިވާކޮށްގެން ވިނީޝިއަސްއާ ދިމާއަށް ނަސްލީ ގޮތުން ދިމާކުރީ އެވެ.
އޭގެ ފަހުން ޕްރެސްޓިއާނީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ މެޗަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ފީފާއިން މިފަހަރުގެ ވޯލްޑް ކަޕްގައި އާ އުސޫލެއް ތައާރަފުކުރީ، ވިނީޝިއަސްއަށް ދިމާވި ފަދަ މައްސަލަތައް ގިނަވާން ފެށީމަ އެވެ. ދަނޑު މަތީގައި ވާދަވެރި ކުޅުންތެރިންގެ މެދުގައި ޒުވާބެއް ހިނގާ ނަމަ އަނގަ މަތީގައި އަތް އެޅުން ނުވަތަ ޖާޒީން ވިޔަސް އަނގަ މަތި ނިވާކުރުމަކީ ސީދާ ރަތް ކާޑުގެ ކުށެކެވެ.
އޭގެ ފުރަތަމަ ރަތް ކާޑު ތުރުކީ އާއި ޕެރަގުއޭ މިއަދު ހެނދުނު ކުޅުނު މެޗުގައި ޕެރަގުއޭގެ މިގުއެލް އަލްމިރޮންއަށް ވަނީ ދައްކައިފަ އެވެ. ތުރުކީގެ މާޓް މުލްޑޫރާ ދިމާއަށް އޭނާ އެއްޗެކޭ ބުނީ އަނގަ މަތީގައި އަތް އަޅައިގެން ހުރެ އެވެ. އެ ހެދުނީ ގޯހެއްކަން އެނގުމާ އެކު އަތް ނައްޓާލި ވެސް މެ އެވެ. ނަމަވެސް މުލްޑޫރާ އާއި ތުރުކީގެ އެހެން ކުޅުންތެރިން ރެފްރީގެ ސަމާލުކަން އެކަން ގެނަ އެވެ.
އަލްމިރޮންއަށް ރަތް ކާޑު ދެއްކީ ވީއޭއާރު ބަލައިގެންނެވެ.
ރުޅިވެރިކަމުގެ ހާލަތުގައި، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގާ ޒުވާބުތަކުގައި އަނގަ މަތީ އަތް އެޅުން މަނާ ނަމަވެސް، މެޗު ތެރޭގައި އަނގަ ނިވާކުރުމުގެ ފުރުސަތު އެހެން ހާލަތްތަކުގައި ލިބެ އެވެ. މިސާލަކަށް އެކުވެރިކަމާ އެކު ވާހަކަ ދައްކާއިރު އެވެ. އަދި ހިލޭ ޖެހުންތައް ލިބޭ ވަގުތުތަކުގައި އެއް ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކަށް އިރުޝާދު ދޭއިރު އެވެ.
އަނގަ މަތީ އަތް އަޅައިގެން ފުރަތަމަ ރަތް ކާޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ