އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާ، އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ ‘ފަތުވާ މަހާސިންތާ’ ގެ ދެވަނަ މަހާސިންތާ މިރޭ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައެވެ.
މިނިސްޓްރީން ބުނީ މި މަހާސިންތާގެ މަގްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ހިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމައުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިސްލާހު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
2024 ވަނަ އަހަރު ބޭއްވުނު ފަތުވާ މަހާސިންތާގައިވެސް މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާ ހިޔާލު ބަދަލުކުރައްވާފައެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި ރަސްމީ ދަތުރުފުޅެއްގައި މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި ފޭދޫ “އިސްރަށްވެހިންގެ ހިޔާވަހި” މަސައްކަތް ކުރިއަށް ގެންދިއުމަށް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ