ޓައިގާ އެކްޝަން ފިލްމުތަކަށްފަހު މިއުޒިކަލް ފިލްމަކަށް

މީގެކުރިން އެކްޝަން ތުރިލާ ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް މިއުޒިކަލް-އެކްޝަން ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ފިލްމަކީ ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ދިލް ރާޖޫގެ އުފެއްދުމެކެވެ. ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންގް ފެށުމަށް ކާސްޓުންނާ ޕްރޮޑަކްޝަން ޓީމުން ވެސް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުން ޓައިގާއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ސައުތު ސިނަމާގެ ބަތަލާ މީނާކްޝީ ޗައުދަރީއެވެ. މި ފިލްމަކީ މިއުޒިކަލް-އެކްޝަން ފިލްމަކަށްވީ ނަމަވެސް ޓައިގާގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ފިލްމުން ފެންނާނެ ކަމަށާއި ހަމައެއާއެކު އެކްޓަރުގެ ނެށުންތައް ވެސް ދައްކުވައިދޭނެ ޑާންސް އައިޓަމްތައް ވެސް ފިލްމުގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓައިގާ ޝްރޮފް އަދި ސައުތު ބަތަލާ މިނާކްޝީ--ފޮޓޯ/ޖީކިއުއިންޑިއާ ޕްރޮޑިއުސަރު ރާޖޫ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ގޭމް ޗޭންޖާ"އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ކިއާރާ އަދުވާނީ އަދި ރާމް ޗަރަންއެވެ. ޓައިގާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރި މަޝްހޫރު ފްރެންޗައިސް "ބާޣީ"ގެ ހަތަރު ވަނަ ފިލްމުންނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމާ އެކު ޓައިގާގެ ފިލްމީ ކެރިއަރަށް އިތުރު ކުރިއެރުމެއް ލިބި އިތުރު ފިލްމުތަކުން ފުރުސަތުތަކެއް ވެސް ވަނީ ލިބެން ފަށާފައެވެ. އެގޮތުން ޓައިގާ ވަނީ ކަރަން ޖޯހަރުގެ ދަރުމާއިން އުފައްދާ ފިލްމު "ލަގް ޖާ ގަލޭ"ގެ ރޯލަކަށް ވެސް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ