މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީއާއި މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަންގައި ފާއިތުވި 4 ދުވަހު 400 ތަނެއް ބަލައި މިންގަނޑަށް ނުފެތޭ 45 ތަން ބަންދުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި އިންސްޕެކްޓް ކުރަމުން ދަނީ، ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް، ކާބޯތަކެތީގެ ޚިދުމަތް ދޭތަންނަނެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި، ގަވާޢިދައި ޚިލާފަށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފްތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައި ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ، ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މިހާތަނަށް މި އޮޕަރޭޝަންގައި 25 ތަނެއް ވަނީ ބަންދުކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި ހިނގާ ސެޕްޓެމްބަރ މަހުގެ 21 އިން 25 އަށެވެ. އަދި މި އޮޕަރޭޝަނުގައި ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މި މުއްދަތު އިތުރު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
މާލޭގެ 6، ނެއިބަރހުޑަކަށް ބަހާލައިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ކޮންމެ ނެއިބަރހުޑެއްގައި، މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭ ގެ ޖޮއިންޓް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މާލޭގައި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިންމުމުން ވިލިމާލޭގައި ހުރި ތަންތަން އިންސްޕެކްޓު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ އޮޕަރޭޝަންގައި 400 ތަނެއް ބަލައި 45 ތަނެއް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ