ޢަރުޝީގެ ހިޔާވަހިކަން ލިބުމަށްވުރެ ފައިދާހުރި ކަމެއް ނެތްއިރު އެމަތިވެރި ނިޢުމަތް އަމިއްލައަށް ދޫކޮށްލައިގެން ޤިޔާމަތް ދުވަހު ޖެހޭނީ ކަރުނައަޅަން!

ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ އެއްބައަކީ ޒުވާން ޢުމުރުން ފެށިގެން ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ބޮޑުވި މީހުންނެވެ. 
ވީމާ ތިމާއަށް ދުނިޔޭގައި އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންފަށާނީ ޢުމުރުން ދުވަސްވުމުން ކަމަށް ބަލައިގެން ހުރެއްޖެ ނަމަ އެފުރުޞަތު ގެއްލުނީއެވެ. ވީމާ ބާލިޣްވީންސުރެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާށެވެ. ނަމާދުކުރާށެވެ. ފާފަ ނުކުރާށެވެ. 
ފޭރާން ލައި އުޅުމުގައިވެސް ސަމާލުކަންދޭށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މިނުގައި ހެދުން ލާނީ ޢުމުރުން ދުވަސްވުމުން ކަމަށް ބަލައިގެން ﷲ ތަޢާލާ އަންގަވާފައިވާ މިނަށް ނުވާނުވެ ނުތިބޭށެވެ. 
މަސައްކަތްކުރަންވީ އެއްވެސް މީހެއްގެ ރުހުމާއި ސަމާލުކަން ހޯދާކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ޢަމަލުތައް ސީދާ ކުރެވިގެންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ މިނުގައި ފޭރާންލުން އެއީ ޢަމަލުތައް ސީދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. 
މިކަންކަން ވިސްނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާންލާ ޒުވާން އަންހެނުން ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ. ހަމައެއާއިއެކު ނިވާކަން ކުޑަކުރަމުން ގޮސް ހައްދުފަހަނައަޅާފައިވާ ޒުވާން އަންހެންކުދިންވެސް އަންނަނީ ގިނަވަމުންނެވެ. މިވާހަކަ މިހައި ގިނައިން ދައްކަން ޖެހޭ ސަބަބަކީވެސް ހަމައެއީއެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ